ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކައްދޫގައި ރޭ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ ރޭ 7:20 ހާއިރު ފޮނަދުއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދު މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓްގައި މަރުވީ މަގު ހުރަސް ކުރަން އުޅުނު އަންހެން މީހެކެވެ. އެ އަންހެން މީހާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އަދި އޭނާގެ ދެފައި ކަށިމަތިން ވަނީ ބިނދިފަ އެވެ.
ދެން އެ އެކްސިޑެންޓްގައި އަނިޔާވީ އެ އަންހެން މީހާގެ މާމަ ދަރިއަށެވެ. މާމަ ދަރިއަށް ލިބުނު ސީރިއަސް އަނިޔާތަކަށް ގަމު ރީޖިނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ މަރުވި އަންހެން މީހާގެ ގައިގައި ޖެހުނު ސައިކަލް ދުއްވި ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން، 37، މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
ގަވާއިދާ ހިލާފަށް ވަދެ އުޅުނު 3 މަސް ބޯޓު އަތުލައިގެންފި
ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން މި މަހު 29ގައި
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯނެއް!
