ފުލުހެއްގެ ލޯމަތީގައި ޖެހި މީހަކު އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އދ.ދަގެނތީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ މި އަހަރުގެ ޖަނަވަރީ މަހު މާލެއިން ދަނގެއްޗަށް ދަތުރުކުރި ލޯންޗަކުން ގެންދިޔަ ފޮތިކޮތަޅެއް ހިފައިގެން ދިޔަ މީހަކު ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރުމުން ހަމަލާ ދިން މައްސަލަ އެކެވެ.
މި މައްސަލާގައި ދައުލަތުން އަނިޔާއެއް ދިނުމުގެ ދައުވާ ކޮށްފައިވަނީ އެރަށު ފަލަކް، އިބްރާހީމް ސިރާޖުގެ މައްޗަށެވެ.
ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓްގައިވާގޮތުން، އެދުވަހުގެ ހަވީރު މާލެއިން ދަނގެއްޗަށް ފުރި ފެރީ ލޯންޗުން ގެނައި ހުދު ކުލައިގެ ފޮތިކޮތަޅު ހިފައިން، ދައުވާ ލިބުނު ދަގެނތީ މީހާ ބައިސްކަލެއްގައި އެ ރަށު ބަނދަރުމަތިން ދަނިކޮށް މަޑުކުރުމަށް ފުލުހުން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ކިޔަމަންނުވެ، އޭނާ ދިޔުމުން އެ ހިސާބުން އޭނާ ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، ފުލުހެއްގެ ކަނާއަތު ލޯ މަތީގައި އެ މީހާ ޖެހި އެވެ.
މިކަމަށް އޭނާ އިއުތިރާފްވެފައިވާއިރު، ކުށަށް އިއުތިރާފުވުމުން، އޭނާއަށް ލުއި އަދަބެއް ދޭން ގާޒީ ނިންމާ، އެއް އަހަރާއި ދެ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވީ އޭނާ އަކީ އެ އަދަދު ނުދެއްކޭނެ ކަމަށް ދައުވާ ލިބުނު ފަރާތުން ބުނުމާ ގުޅިގެންނެވެ.
އަކްޝޭގެ "ވެލްކަމް ޓު ދަ ޖަންގަލް" އާއްމުންނަށް ކަމުގޮސްފި
ޝާހްރުކް ޚާންގެ ހުއްޓުމެއް ނެތް ޝުކުރު ސަޕޯޓަރުންނަށް!
ޑެމްބެލޭގެ ހެޓްރިކާއެކު ފްރާންސް އެއްވަނަ އަށް