ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ރިހެބިލިޓޭޝަން ސެންޓަރުގައި ގެންގުޅުން މަނާ ބައެއް ތަކެތި ގެންގުޅޭ ކަމަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ގާއިމްކޮށްފައިވާ އެތަނަށް މަނާތަކެތި ވައްދާ ކަމުގެ ވާހަކަތައް މީގެކުރިން ވެސް ދެކެވިފައިވެ އެވެ.
ކ. މާފުށީ ޖަލަށް ވެސް މަސްތުވާތަކެއްޗާއި މޮބައިލް ފޯނު ފަދަ ތަކެތި ވެއްދުމުގެ މައްސަލަތަކެއް މީގެކުރިން ވަނީ ފާހަގަވެފަ އެވެ. އެ ޖަލުގައި މީގެކުރިން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މޮބައިލް ފޯނު ވެސް ހޯދާފައިވެ އެވެ.
ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ރާއްޖެ މިއައީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަން: ނަޝީދު
ރަސްގެފާނާއި ބޮޑު ވަޒީރު: ދިވެހިން މާކުރިން ދޫކޮށްލި ނިޒާމު
