ހުޅުމާލޭ ގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އަމިން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި ރޯވި ކަމުގެ މައުލޫމާތު ރޭ 10:48 ހާއިރު ލިބުނު ކަމަށެވެ. ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ވަނީ އަލިފާން ނިއްވާލާފަ އެވެ.
ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ 11:18 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ކާރުގައި ރޯވާން ދިމާވި ސަބަބެއް އަދި ނޭގެ އެވެ.
"ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ވިޔަފާރިތައް ބަނގުރޫޓުވެދާނެ"
"ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނަން: ފައްޔާޒް
މުވައްޒަފުން ވަކިކުރަނީ ސިޔާސީ ކަމެއްގައި: ސިޓީ ކައުންސިލް
