ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަން އެ މަނިކުފާނު ހިމަނުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒު ވަކިކުރީ އޭނާގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަށްފަހު މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ހަތް ނަމެއް ފޮނުއްވި އެވެ. އޭގެތެރޭގައި މަހާޒުގެ ނަން ހިމެނެ އެވެ.
ނަމަވެސް ލިސްޓްގެ ކުރީގައި އޮތީ ކޮން ދެ ބޭފުޅެއް ކަމެއް އަދި ސާފެއްނުވެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މެންބަރުކަމުގެ މަގާމް ވަނީ ހުސްވެފަ އެވެ. އޭގެތެރެއިން އެއް މަގާމަކީ މިހާރުގެ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދާކުރެއްވި އެ ކޮމިޝަނުގެ ރައީސްގެ މަގާމެވެ.
ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލު މަޖިލީހުގައި ތާށިވެފައި!
ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކުރަނީ
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!
