ފުވައްމުލަކު އެއާޕޯޓުގެ މުވައްޒަފަކަށް ހަމަލާދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުވައްމުލަކު އެއާޕޯޓްގެ ފެންސްމަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓްގެ ސެކިޔުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންނަކީ ފުވައްމުލައް، ހޯދަޑު، ގުލްކޯޒްގެ، ހަސަން ހުމާމް މުހައްމަދު،28، އާއި ހަމަ އެ އަވަށު ޒަމްހަރީރުގޭ އިބްރާހީމް ސިމާން އަހްމަދުގެ އިތުރުން ފުނާޑު، ސުހާނާ، ބައްސާމް ސައީދު،29 އެވެ.
އެ އެންމެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.