އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލައެއް ވެސް ދައުލަތުން އެދިގެން ހައިކޯޓުން ބާތިލުކޮށްފި އެވެ.

އެއީ 2019 ވަނަ އަހަރުގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލި މައްސަލައެކެވެ. ކްރިމިނަލް ކޯޓުން ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެހެންވެ، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މި މައްސަލަ ބާތިލްކުރަން ދައުލަތުން އެދުނީ، މައްސަލަ މުރާޖައާ ކުރިއިރު، ދައުވާ ލިބޭ މީހާގެ އިތުރު މައްސަލައެއް ނެތުމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދާށެވެ.

އެ މައްސަލަ ބާތިލްކުރަން ދައުލަތުން އެދުނީ މީގެ ތިން މަސް ކުރިންނެވެ.

މީގެކުރިން ދައުލަތުން އެދިގެން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެެކުރާ ބޮޑެއް ކަމަށް ފުލުހުން ބުނާ އަހްމަދު ވިސާމްގެ އިސްތިއުނާފު މައްސަލަ ވެސް ބާތިލްކޮށްފަ އެވެ.