ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެގެންދާނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަނބުރާ ހޯދުމަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދެން އޮންނާނެ ރިޔާސީ އިންތިޚާބަކާ މެދު ދެކެވަޑައިގަންނަވާ ގޮތަކާމެދު "ހުރިހާ" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އުމަރު އިޝާރާތް ކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތު ވެރިވެފައިވާ އިންޑިއާގެ ނުފޫޒުގެ މައްޗަށެވެ.
އުމަރު ވިދާޅުވިގޮތުގައި އެ އިންތިޚާބު ވެގެންދާނީ ''މޭކް އޯ ބްރޭކް'' އިންތިޚާބަކަށެވެ.
އެންމެފަހުން، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އިންތިޚާބަށް ފަހު އިންޑިއާގެ ނުފޫޒު ދިވެހި ސަރުކާރުގެ މައްޗަށް ވަރަށް ބޮޑުކަމުގައި ގިނަ ބަޔަކު އަޑު އުފުލަމުން ގެންދާއިރު އުމަރު ނަސީރަކީ އެންމެ ފާޅުގައި އެވާހަކަ ދައްކަވާ އެއް ފަރާތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުތުރުތިލަފަޅުގައި އިންޑިއާގެ މިލިޓަރީ ބޭހެއް ހަދަން އުޅޭކަމުގެ ތުހުމަތު ސަރުކާރަށް ކުރެވެމުންދާއިރު އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ކުރެވުނު އެގްރިމެންޓް ކަމަށް ވިދާޅުވެ އުމަރު ވަނީ ކަންބޮޑުވާން ޖެހޭ ފަދަ ގިނަ ޕޮއިންޓްތަކެއްގެ މައްޗަށް އެކުލެވޭ ޑްރާފްޓް ޑޮކިއުމެންޓެއް ވެސް ލީކު ކޮށްލައްވައިފަ އެވެ.
ރާއްޖޭގެ އެތަންމިތަނުގައި އިންޑިއާގެ ސިފައިން ހަތިޔާރާއެކު ތިބުމާއި އިންޑިއާއިން އާދަޔާޚިލާފު ބޮޑެތި ލޯނުތައް މި ސަރުކާރުން ނަގަމުންދާ ދިއުމަކީ ވެސް ރާއްޖޭގެ ގިނަ ރައްޔިތުންނެކޭ އެއްފަދައިން އުމަރު ވެސް ކަން ބޮޑުވެ ވަޑައިގަންނަވާ ކަމެއްކަން އެ މަނިކުފާނު އެކި ފަހަރުމަތިން ދައްކަވާފައިވާ ވާހަކަފުޅުތަކުން ދޭހަވެ އެވެ.
އުމަރު ވިދާޅުވި ގޮތުގައި އިންޑިއާގެ މި ނުފޫޒުން ސަލާމަތް ވާނީ "ސާބިތު ހަރުދަނާ ވެރިކަމަކުން" ނެވެ. އިންޑިއާއެކު ކުރެވިފައިވާ މިލިޓަރީ އެއްބަސްވުންތައް އެފަދަ ވެރިކަމަކުން އުވާލަން ޖެހެ އެވެ.
އިންޑިއާގެ ފިއްތުންތަކާ ކުރިމަތިލައި، އެކަންތަކުގެ ބިރު ފަހަނަޅާ ދެވެން ޖެހޭނެ އެވެ. ދިވެހި ރައްޔިތުންނަށްޓަކައި މިކަން ކޮށްދެއްވުމަށް އުމަރު ހުންނެވީ ތައްޔާރަށެވެ.
އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި އޭނާޔަށް އެކަން ކުރެއްވޭނެ އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް – ސާބިތު އަދި ޖެހިލުންކުޑަ މީހަކަށް ނޫނީ އެކަން ނުވާނެ،" ލިއުމުން ދެއްވި އިންޓަވިއުގައި އުމަރު ވިދާޅުވި އެވެ.
އެހެން ކަމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާ ވާދަ ކުރައްވާނެ އެވެ.
އިންތިޚާބަށް ނިކުމެ ވަޑައިގަންނަވާއިރު އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ ޕީޕީއެމް އާއި އެމްޑީޕީ އާ އެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމްއަކީ ރާއްޖެގޭ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީ ކަމަށް ވިޔަސް، އިންތިޚާބުގައި އެންމެ ބޮޑު ޗެލެންޖަކަށް ވާނީ އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި "ބޭރު ފައިސާގެ ނުފޫޒެ"ވެ.
ބޭރު ފައިސާގެ ނުފޫޒު ކަމަށް އުމަރު އެ އިޝާރާތް ކުރައްވަނީ ރާއްޖޭގެ އިންތިޚާބު ވަކި ބަޔަކަށް އަނބުރާލުމަށްޓަކައި ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ފޯރުވައިފާނެ ފައިސާގެ ނުފޫޒު ކަމުގައި ބެލެވެ އެވެ. އަދި 2018 ވަނަ އަހަރު ވެސް މިފަދަ ފައިސާގެ ނުފޫޒު އިންތިޚާބަށް ފޯރި ކަމުގައި އިދިކޮޅު ފަރަތްތަކުން ޝައްކު ކުރެ އެވެ.
ކޮންމެ ފަދަ ނުފޫޒަކާ ފިއްތުންތަކަކާ ކުރިމަތި ލައްވައިގެން ނަމަވެސް އުމަރު ހުންނެވީ ދެން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އަޒުމުގަ އެވެ. ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމުގެ ދިފާއުގައި ނުކުންނަވާ އިރު އުމަރު ހުންނެވީ އެއްވެސް އެހެން ލީޑަރެއްގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާ ގޮތަކަށް ނޫނެވެ.
އެކަމަކު އޭނާއަށް ތާއީދު ކުރައްވާ ކޮންމެ މީހަކަށް ވެސް އޭނާއާ އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުމަރު ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު މިހިރީ އެއްވެސް ބޭފުޅަކަށް ތާއީދު ކުރާ ގޮތަކަށް ނޫން،" އުމަރު ވިދާޅުވި އެވެ.
ދިވެހީންގެ ކަންބޮޑުވުންތައް ޔޫއޭއީގެ ބޮޑުވަޒީރުގެ ސަމާލުކަމަށް
އެއްވެސް ސަރަހައްދެއް ބަލަހައްޓަން ބޭރުބަޔަކާ ހަވާލެއް ނުކުރާނަން
ސިނގިރެޓްތަކަށް ހަދަންވާ ގޮތް ހަނދަންދެންތޯ ތި މަޑުކޮށްލީ.. އެމްއޭސީއެލްގެ ކޮންޓެއިނަރގައި ލަކުޑިތަކުގެ ތެރޭ ފޮރުވައިގެން އެތެރެކޮށް ވިއްކާލަން އުޅުނީ. މައްސަލަ އަސްލު ފަށަންޖެހޭ ހިސާބަކީ، އެމްއޭސީއެލް ޝަރީފްގެ ޒިންމާ.. އިންޓެލް މަޢުލޫމާތުން ޗެކްކޮށް ހިފެހެއްޓީމަ ރުޅިއަންނަނީ. މަޖްލިސްގެ ނައިބް، ޖަގިޔާ..މި ހަބަރު އޮއްބަން މީގެ 5 އަހަރު ކުރީގެ ދާވޫދުގެ މަައްސަލައެއް މީޑިއާއަށް ފޯކަސްކޮށް ސިގިރެޓްކޮޅު ފޮރުވައިފި. އަލީ އާރިފް.. ހަމަ ފެމިލީ އެއްކޮށް ފައިސާ ހޯދަން ކުރި މަސައްކަތެއް، ރައްޔިތުން ހޭއަރާ