ޓެކްނޮލޮޖީގެ ދާއިރާގައި އާއްމުކޮށް ބޭނުންކުރެވޭ ސޮފްޓްވެއަރ އެއް ކަމަށްވާ އެޑޯބް އަދި ޕީޑިއެފް އުފެއްދުމުގައި ހަރަކާތްތެރިވި އެ ސޮފްޓްވެއާގެ ކޯ ފައުންޑާ ޗާލްސް ގެޝްކޭ މަރުވެއްޖެ އެވެ.
އުމުރުން 81 އަހަރުގެ ޗާލްސް މަރުވީ ހުކުރު ދުވަހު އެމެރިކާގެ ސޭން ފްރާންސިސްކޯގަ އެވެ.
ޗާލްސް ވަކިވެދިއުމަކީ ކުންފުންޏަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި ބީވެގެން އެ ދިޔައީ ޓެކްނޮލޮޖީ ދާއިރާގެ ނަމޫނާއެއް ކަމަށް އެޑޯބްގެ ސީއީއޯ ޝާންތާނޫ ނާރަޔަން ވަނީ ބުނެފަ އެވެ.
ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށްވާ ޗާލްސް އާއި އޭނާގެ އެކުވެރިން ގުޅިގެން ވުޖޫދަށް ގެނައި އެޑޯބް ޕީޑީއެފްވެފައި ވަނީ ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވި އުފެއްދުމަކަށެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2009 ވަނަ އަހަރު ޗާލްސް އާއި އޭނާގެ ޓީމަށް ވަނީ ނެޝަނަލް މެޑަލް އޮފް ޓެކްނޮލޮޖީ އަރުވާފަ އެވެ.
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން