ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސީރީޒް "ކިޔުކީ ސާންސް ބީ ބަހޫތީ"ގައި މަހުޖަނު ބިލް ގޭޓްސްގެ ފެނިލުމެއް ފެނިދާނެ ކަމަށް އަޑުތައް އަރައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ސީރީޒްގެ ވާހަކައިގެ ތެރެއިން ބިލް ގޭޓްސްއާއި ސީރީޒްގެ ލީޑު ތުލްސީ ގުޅިގެން މަސައްކަތްތަކެއް ކުރާނެ އެވެ.
އެގޮތުން ބިލް ގޭޓްސްގެ ފެނިލުން ގާތްގަނޑަކަށް ތިން އެޕިސޯޑަށް ދެމިގެންދާއިރު ބިލް ގޭޓްސްއާއި ތުލްސީ އެކުގައި ވިޔަފާރީގެ މުއާމަލާތެއް ކުރާނެ ކަމަށް ބުނެވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސީރީޒްގައި މިވަގުތު ކުރިއަށްދާ ވާހަކަ ބިނާވެފައިވަނީ މާބަނޑު އަންހެނުންނާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތާ ބެހޭގޮތުންނެވެ. ބިލްއާއި އޭނާގެ އަންހެނުން މެލިންޑާގެ ފައުންޑޭޝަންއަކީ މިކަމަށް މަސައްކަތްކުރާ ފައުންޑޭޝަން އެކެވެ.
"ކިޔުކީ ސާންސް ބީ ބަހޫތީ" ފާހަގަވެފައިވަނީ މުޖުތަމައުގައި ހުރި އިޖުތިމާއީ ގިނަ މައްސަލަތަކަކަށް އަލިއަޅުވާލައި އެކަންކަމުގެ ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތްކުރާ ޝޯއެއްގެ ގޮތުގަ އެވެ.
ބިލް ގޭޓްސްގެ ފެނިލުމާއެކު އެ ސީރީޒްއަށް ލިބެމުން އަންނަ ތަރުހީބު މިހާރަށްވުރެ ވެސް އިތުރުވާނެ ކަމަށް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
ޫދުއާގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި
ދިރާގު އެކްސް އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން
ހިތަދޫ ގެއެއްގެ ތެރޭ މަރުވެފައި އޮތް ދެމަފިރިން ފެނިއްޖެ