ކޯޓު އަމުރަކުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދީފައިވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ( 241 ކޮމިޓީ) ގެ ހޯދުންތަކުން ފަޅާއަރައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި ރިޕޯޓްގައިވާ ގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކު އަދި އަބްދުﷲ ހަސަން ނަމަކަށް ކިޔާ މީހެކެވެ.
ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް ޑިސެމްބަރު 9، 2023 ގައި އެތެރެކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލިހުގެ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާނެވެ. ސިރުހާނަކީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރެކެވެ.
ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެ ކުންފުނީގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފަ އެވެ. އެ މައްސަލަ ފަޅާއެރިއިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.
ކަސްޓަމްސް އަށް ނޭނގި އެ ސިނގިރޭޓްތައް ބޭރުކުރިކަން ފަޅާއެރުމުން އެ ސިނގިރެޓްތަކުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަަށް ދައްކަން ޖެހޭ 47.1 މިލިޔަން ރުފިޔާ ދައްކަން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ. ނަމަވެސް އެ ކުންފުނިން އެ ފައިސާ ދައްކާފައެއްނުވެ އެވެ. އެހެންވެ މިހާރު އެ މައްސަލަ ވަނީ ޝަރީއަތަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
ބީއެމްއެލް އިން ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފި
ސޮނާކްޝީއާއެކު މަސައްކަތް ކުރަން ރަންބީރު ދެކޮޅުހެދި ސަބަބު!
