ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 178 މިލިއަން ރުފިޔާ ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް ހޭދަކުރަން ހިމަނާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދު ކުރަނީ އެމްބަސީތަކުގެ ކުއްޔަށްކަން ހާމަވެއްޖެ އެވެ.
ކުލީގެ ހަރަދު އެންމެ ބޮޑު ސަރުކާރުގެ އިދާރާތަކުގެ ލިސްޓުގެ އެއްވަނާގައި އެމްބަސީތައް ހިމެނޭއިރު، އަންނަ އަހަރުގެ ބަޖެޓުގައި އެމްބަސީތަކަށް ހަރަދުކުރަން 53 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ފޮރިން މިނިސްޓްރީގެ އިމާރާތްތަކުގެ ކުއްޔަށް 53 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އޭގެ ތެރޭގައި ސަރުކާރުން ބޭރުގެ އެކި ގައުމުތަކުގައި ހިންގާ 19 އެމްބަސީއެއް ވެސް ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 30 ގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ސަރުކާރުން ކުއްޔަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ވެސް އެކި ގައުމުތަކުގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ ހައިކޮމިޝަންތަކުގެ ކުލި ދެއްކުމަށެވެ.
ސަރުކާރުގެ އޮފީސްތަކުގެ ކުއްޔަށް މިދިޔަ އަހަރު 178 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ވެސް 178.3 މިލިއަން ރުފިޔާ އޮފީސްތަކުގެ ކުއްޔަށް ބަޖެޓު ކޮށްފައި ވެ އެވެ. އެހެންވެ، ސަރުކާރުން ކުއްޔަށް ކުރާ ހޭދައިގެ ގާތްގަނޑަކަށް 30 ޕަސެންޓް ދެނީ އެމްބަސީތަކަށެވެ.
ދައުލަތުގެ 32 އިދާރާއަކަށް ބޭނުންވާ 97 އޮފީހެއް ހިންގުމަށް ބަޖެޓުން ހޭދަކުރެ އެވެ. އޭގެ ތެރެއިން 28 އިދާރާއަކަށް މާލޭ ސަރަހައްދުން އަމިއްލަ 46 ތަނެއް ވަނީ ކުއްޔަށް ނަގައިފަ އެވެ. އަދި ނުވަ އިދާރާއަކަށް އަތޮޅު ތެރޭގައި 32 ތަނެއް ކުއްޔަށް ނަގާފައިވެ އެވެ. މާލޭގައި ހިންގާ އޮފީސްތަކުގެ ކުއްޔަށް 88 މިލިއަން ރުފިޔާ ހޭދަކުރާއިރު، އެހެން ރަށްރަށުގެ އަމިއްލަ މީސްމީހުންގެ އިމާރާތްތަކުގެ ކުއްޔަށް ފަސް މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
އެމްބަސީތަކުގެ އިތުރުން ކުލީގެ ހަރަދު އެންމެ ބޮޑު ކަމަށް އަންނަ އަހަރުގެ ބަޖެޓު ފޮތުން ދައްކަނީ އިމިގްރޭޝަންގެ އެވެ. އެ އިދާރާގެ އޮފީސް ކުއްޔަށް ދައުލަތުގެ ބަޖެޓުން 8.3 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. ދެވަނައަށް އެންމެ ބޮޑު ކުއްޔެއް ހޭދަކުރަނީ އެންސްޕާ އަށެވެ. އެއީ 7.9 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އޮޑިޓް އޮފީސް ހިންގާ އިމާރާތުގެ ކުއްޔަށް 7.8 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އިމިގްރޭޝަނާއި އޮޑިޓް އޮފީސް ހިންގަމުން އަންނަނީ މ. ސްޓާ ކްލައުޑް ބިލްޑިންގަ އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟
އަންހެންކަނބަލުންނަށް މަގުމަތީގައި އެއްވެސް އަމާންކަމެއް ނެތް