އާއްމު ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަމާ މެދު ވެސް ހިތް އަވަސްވެ ހާސްވުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އެފަދަ މީހުންނަށް އޮތް އެންމެ ފަސޭހަ ހައްލަކީ ހިނގާލަން ދިއުމެވެ.
ނަފްސާނީ ސިއްހަތުގެ މާހިރުން ވިދާޅުވާ ގޮތުގައި ގުދުރަތީ މާހައުލެއްގައި މާ ބުރަ ނޫން ކަސްރަތެއް ކޮށްލުމަކީ ހަށިގަނޑު ހަމަޖައްސައިދީ "މޫޑު" ރަނގަޅު ކޮށްދޭ ކަމެކެވެ.
އެގޮތުން މިގޮތަށް ކަން ކުރާނަމަ ހަށިގަނޑުގައި ދައުރުވާ އެންޑޯފިންސްގެ މިންވަރު އިތުރުވެ ގޯސް އަދި ނޭދެވޭ ހިޔާލުތަކާ ދުރުވާން އެހީވެދެ އެވެ.
ހަމައެއާއެކު ހިތް އަވަސްވުމަކީ މެއަށް އުނދަގޫވެ ނޭވާ ހިއްލަންވެސް މެދުވެރިވާ ކަމަކަށްވާއިރު ކުޑަކޮށް ހިނގާލުމަކީ މިކަމަށް ވެސް އޮތް ލުޔެކެވެ.
ގުދުރަތީ މާހައުލަކުން ފެންނަ ރީތި މަންޒަރުތަކާއި އިވޭ ނަލަ އަޑުތަކުން ހާސްކުރުވާ ކަންކަމުގެ މަތިން މީހާ ހަނދާން ނައްތާލާއިރު މިއީ ވެސް ހާސްވުމުން ހިނގަން ނުކުންނަންވީ އިތުރު ސަބަބެކެވެ.
އެގޮތުން ހިނގާއިރު އާ ހަނދާންތައް އުފެދި ހަނދާން ނައްތާލަން ބޭނުންވާ ކަންކަމުން ސިކުނޑި އެއްފަރާތް ވެލަން ފުރުސަތު ލިބިދެ އެވެ.
އެހެން ކަމުން ދެން ކަމަކާ މާ ބޮޑަށް ހާސްވާނަމަ އެ ހުރި ތަނެއް ދޫކޮށް ގުދުރަތީ މާހައުލެއްގައި 10 ވަރަކަށް މިނެޓު ހިނގާލަން އާދަ ކުރާށެވެ.
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ
ހަށިގަނޑުން ދޭ މި އިންޒާރުތަކަށް ނަމަނަމަ ފަރުވާ ކުޑަ ނުކުރާތި!
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟