ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން ރޭ އެ އެއާޕޯޓް ހުޅުވުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއި އިންޑިއާއަށް ޝުކުރު އަދާކުރައްވައިފި އެވެ.
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަށް ބޭނުންވާ އެހީ ހޯއްދެވުމަށާއި، އެކަމާ ގުޅޭ އެހެން ކަންކަމުގައި އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރެވުނީ ޝާހިދުގެ ހާރިޖީ ވަޒީރުކަމުގައި، އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެއާޕޯޓް ހުޅުވުމަކީ ރައީސް ސޯލިހްގެ ވެރިކަމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫއެއްއްގެ ފުރިހަމަވުން ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަޝްރޫއަށް ބޮޑެތި ފާޑުކިޔުންތަކެއް ކީކަން ޝާހިދު ފާހަގަކުރެއްވި އެވެ. ރައީސް މުހައްމަދު މުއިއްޒުއާއި އެބޭފުޅުންގެ އެކުވެރިން އިދިކޮޅުގައި ތިއްބެވިއިރު ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަކީ އިންޑިއާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫއެއް ކަމަށް ސިފަކުރެއްވިކަމަށާއި، އެ މަޝްރޫއުގައި މަސައްކަތްކުރި މަސައްކަތްތެރިންނަކީ އިންޑިއާ ސިފައިން ކަމަށް ބުނެ ދޮގު ތުހުމަތު ކޮށް، ގައުމިއްޔަތާއި ގުޅުވައި ނުރައްކާތެރި ދޮގު ވާހަކަތައް ފެތުރިކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު ކޮންމެ މަޝްރޫއަކީ އިންޑިއާއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސިޔާސީކުރެވުނު މަޝްރޫއުއަކަށް މިއަދު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހެދިކަންވެސް ޝާހިދު ފާހަގަކުރެއްވި އެވެ. ބައިނަލްއަގްވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރައްވައި، ރައީސް މުއިއްޒު އެމަނިކުފާނުގެ ކެމްޕޭނުގައި އޭރު މަލާމާތްކޮށްފައިވާ އެއާޕޯޓް ރޭ ރަސްމީކޮށް ހުޅުއްވައިދެއްވީކަމަށް ޝާހިދު ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށްފި
ޑެބިޓް ކާޑުން ބޭރުގައި ފައިސާ ދެއްކޭ ވަރު 1،000 ޑޮލަރަށް
ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނުނިމެނީސް ހުޅުވައިފި
