ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ މާލޭ ރަށްވެހިންނަށް ރަސްމާލެއިން ދޭ 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ޓަކައި މި އަހަރު ނިމުމުގެ ކުރިން މުހިންމު މަޝްރޫއުތައް ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މާލެ ސަރަހައްދުން 7000 ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
އޭގެތެރެއިން 3،000 ހައުސިން ޔުނިޓު އެޅުމުގެ އެގްރިމަންޓުގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި 4،000 ހައުސިން ޔުނިޓު އަޅަން ވެސް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ މަހު ރަސްމާލެ ހިއްކަން އިތުރު ޑްރެޖަރުތައް ގެނެސް އެ މަސައްކަތް މިހާރަށްވުރެ ތިން ގުނަ އަވަސް ކުރާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އާދެ މި ތަންތަން މި ހިއްކަނީ، މި ސަރަހައްދުން މި ހިއްކަނީ މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލު ގެނައުމަށް ޓަކައި. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައި މިވާ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް ޓަކައި،" ރައީސް ވިދާޅުވި އެވެ.
ހިއްކާ ބިންތަކުން ގޯތި ބޭނުންވާ މީހުންނަށް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް، އިތުރު ތަފްސީލުތަކާ އެކު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އާދެ، އެހެންވީމާ ބިން ހިއްކުން ބާރަށް ކުރިއަށްދާތީ އަޅުގަނޑުމެން ހަމަ އިސާހިތަކު މި ހުޅުވައިލަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިއުލާނުކުރާނަން ތަފްސީލްތަކާ އެކީގައި މި ގޯތިތަކަށް ކުރިމަތިލާން، ގޯތިތައް ބޭނުންވާ ފަރާތްތައް އެއަށް ކުރިމަތިލުމަށް،"
ފީފާ ވޯލްޑް ކަޕް 2026ގެ ގުރު ނަގައިފި
500 އަށްވުރެ ގިނަ ވޭޕް ސާމާނު ރޭ އަތުލިން: ފުލުހުން
ސަރުކާރުގެ ކުންފުނިތަކަށް ރިސޯޓް ހެދޭގޮތް ހަމަޖައްސައިފި

ޑިޖިޓަލް ވުމުން ތަކެއްޗާއި ޚިދްމަތުގެ އަގުހެޔޮވެފައި މާސްއޯޑިއެންސް އަށް ޑިޖިޓަލް ޚިދްމަތް ދެވެން ޖެހޭނެއޭ ނަތީޖާ އަކީ އެންމެންގެ މެދުގައި ވެލްތް ޑިސްޓްރިބިއުޓްވެ ތަކެތީގެ އަގު ހެޔޮވެގެން ދިއުމޭ ސްޓެލްކޯ އިން ތައްޔާރު ކުރާ ބިޑް ޑޮކިއުމެންޓް ސޮފްޓް ކޮޕީ އެއް ވިއްކަނީ 10 ހާސް ރުފިޔާ އަށޭ މީ ޑިޖިޓަލް ޓެކްނޮލޮޖީ ދަންނަ ތިއަރީއެއް ނޫނޭ ސްޓެލްކޯ މުއްސަނދިވާން އުޅެނީ ބިޑް ޑޮކިއުމެންޓް ވިއްކައިގެންތޭ ބިޑް ޑޮކިއުމެންޓް ގައި އޮންނަނީ ޕީޑީއެފް 2 ގަނޑޭ މީ ސީދާ ވަކިބަޔަކަށް މަންފާ ހޯދާ ދިނުމަށް ޓަކައި ސްޓެލް
ނިމިދިޔަ 5 އަހަރު މާލެ ސަރަހައްދަށް އުފަންވެއްޖެއޭ 50 ހާސް ކުދިން އެމެންނަށް ދޭނެ ބޯހިޔާވައްސެއް ސަރުކާރަށް ނުހޯދުނޭ ހަމައެގޮތަށް އަހަރަކު މާލެ ސަރަހައްދުން 18 އަހަރު ފުރޭ ކުދިންގެ އަދަދު 50 ހާހަށް އަރައޭ އެކަމަކު ރަސްމާލޭން ގޯތި ދޭން މިނިންމަނީ އެންމެ 15 ހާސް ގޯތި މި އަދަދާއި ޑިމާންޑް ގެ އަދަދާއި ގާތް ވެސް ނުކުރޭ ހީވާ ގޮތުން ދުވަހަކު ވެސް ޒުވާން ޖީލަށް ވަންނާނެ ބޯހިޔާވައްސެއް ސަރުކާރުގެ ތިއަރީ ހުރި ގޮތުން ނުލިބޭނެއޭ ރައްޔިތުންގެ ރުއިން ތަކަށް
އެންމެ 15 ހާސް ގޯތި އެއީ މަދުއަދަދެކޭ އެ އަދަދު އެބަޖެހޭ 30 ހާހަށް ހަދަން 15 ހާސް މާލޭ މީހުނާއި ދަފްތަރު މީހުންނަށް އަނެއް 15 ހާސް އެއީ ރާއްޖެތެރޭގައި ދިރިއުޅޭ އެންމެނަށް ރަސްމާލެ އަކީ އެއީ ހުރިހާ ރައްޔިތުންގެ ތަނެކޭ އެތަނުން ގޯތި ދޭން ޖެހޭނެއޭ ރާއްޖޭގެ އެންމެނަށް އެއިރުން އެންމެން އެއްތަނެއްގައި ދިރިއުޅެން ފެށުމުން އާބާދީ ބޮޑުވެ ތަން ތަރައްގީ ވުން ވެސް އަވަސްވާނެއޭ ރަސްމާލެ ބްރިޖް ވެސް އަޅަން ޗައިނާ އިން ލޯން ނަގާ ބްރިޖް އަޅަންވީއޭ އަޅާށޭ