ކުރިއަށް އޮތް ރޯދަމަހުގެ ކަރަންޓާއި ފެން ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރާއްޖޭގެ އެކި ރަށްރަށުން ގެނެސްގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ކުރިއަށް އޮތް ރޯދަމަހު އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ.

"ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް. ބާކީ ބައި ޑިސްކައުންޓް،" ދެކޮޅު ޓިކެޓާއި ހުރުމުގެ އިތުރުން 1000 ރުފިޔާދީގެން ގެނައި ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު ބިލްތައް ލިބުނުއިރު ކުރިއަށްވުރެ ބިލް ބޮޑު ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ބަޔަކު ކުރި އެވެ.