މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.94 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށާއި އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު، 9.9 އިންސައްތަ އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް 1.94 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.77 މިލިއަން ފަތުރުވެރިންނާ އަޅާ ބަލާއިރު 9.9 ޕަސެންޓް އިތުރު އަދަދެކެވެ.
އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ދެ މިލިއަން ފަތުރުވެރިން ހަމަވާން ދެން ބޭނުންވަނީ 50،587 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 19 ދުވަސްތެރޭ ރާއްޖެއަށް ވަނީ 122،479 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.6 އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް. ޖަރުމަނުވިލާތް އަދި އިޓަލީ އެވެ.
މި ފަސް ގައުމުގެ ތެރެއިން އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ޗައިނާގެ ފަތުރުވެރިންނެވެ. އެއީ 305،500 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. އެއީ 245،989 ފަތުރުވެރިންނެވެ. ތިންވަނަ އަށް އިނގިރޭސިވިލާތް ހިމެނޭއިރު، އެ ގައުމުން ރާއްޖެއަށް 173،970 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ހަތަރު ވަނަ އަށް ދިޔަ ޖަރުމަނުވިލާތުން 146،935 ފަތުރުވެރިން އަދި ފަސްވަނައަށް ދިޔަ އިޓަލީވިލާތުން ރާއްޖެ އަށް 127،248 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6446 ފަތުރުވެރިން އާދެ އެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ރިސޯޓްތަކުގައެވެ. އެއީ %73.7 އެވެ. ގެސްޓް ހައުސްތަކުގައި %21.6 ފަތުރުވެރިން އަދި ހޮޓެލްތަކުގައި %2.1 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ސްރީދޭވީގެ އިތުރު ދަރިއަކު ޕާކިސްތާނުގައި؟
ވަރުގަދަ ޝަހްސިއްޔަތެއް ބޭނުންނަމަ މިކަންކަމަށް ސަމާލުވޭ!
ދަންވަރު ބަނޑުހައިވަނީ ކޮން ބައެއް؟