އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވައިފި އެވެ.
ފައްޔާޒް އެމްޑީޕީއަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވެފައި، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށެވެ.
މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަކަމަށް އެ ސިޓީގައިވެ އެވެ.
"އެހެންކަމުން، މި ޕާޓީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު މި ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރަމެވެ. ހަމަ އެހެންމެ، ޕާޓީގެ ރޯޑުމެޕަށް އާންމުންގެ ހިޔާލު ހޯދުމަށް އަޅުގަނޑު މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދު އަޅުގަނޑު ވެފައި ވާނެ އެވެ. މި ޖާގަ ހުޅުވާލުމަށްޓަކައި މި ވަގުތުން ފެށިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." ސިޓީގައި ފައްޔާޒު ވިދާޅުވެފައި ވެ އެވެ.
ފައްޔާޒް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު މައްސަލަ ހައްލުކުރަން އޭނާ މަސައްކަތް ކުރި ކަމަށެވެ.
އެ މަޝްވަރާތަކުގައި ނަޝީދުގެ ޓީމުން ހުށަހެޅީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަ ނުކުރުމަށާއި، އެކަމުގެ ބަދަލުގައި ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށާއި، އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށެވެ. ނަމަވެސް އެކަމުގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ހުއްޓާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ....
ކުޑަކުދިން ކަމުގައި ވިޔަސް ކުރާ ކުށްތަކަށް އަދަބު ދޭންޖެހޭ
އަތްފޯރާ ފަށުގައި "ސްނޯ" ތަޖުރިބާ ކޮށްލަން ބޭނުންތަ؟
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލިއްޖެ
