އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް އިވެލުއޭޓްކޮށް ވަކި ކުންފުންޏަކުން ކާމިޔާބުކޮށް، އެގްރީމެންޓްގައި ސޮއިކޮށްފައި ވަނިކޮށް، އެ ކުންފުނި އެއްފަރާތްކޮށް ބިޑަށް ކުރިމަތިނުލާ ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ބޭބެ މުހައްމަދު ވިޝާމްގެ ކުންފުންޏަށް ވިލިމާލެއިން ބޮޑު ބިމެއްދީފައިވާކަން ފަޅާއަރައިފި އެވެ.
ވިޝާމްގެ "ވިނޯވާ މޯލްޑިވްސް ޕްރައިވެޓް" ލިމިޓެޑާއެކު އެޕްރީލް 2، 2023 ގައި މާލެ ސިޓީ ކައުންސިލުން އެއްބަސްވުމެއް ހަދާ އަދި ބަދަލުގައި ވިލިމާލޭގެ އިރުމަތީ ފަރާތުން 6000 އަކަފޫޓު ބިމެއް 25 އަހަރަށް ދީފައި ވާ ކަން ވަނީ ފަޅާއަރާފަ އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ބިޑް ކާމިޔާބުކުރީ "މެޑިޓައިމް ޕްރައިވެޓް ލިމިޓެޑް" އާއި "ބިޒްނެޓް ޕްރައިވެޓް ލިމިޓެޑް" އިންނެވެ. މި ބިޑުތަކުގެ ތެރެއިން ފުޓްސަލް ދަނޑުގެ ބިޑް ކާމިޔާބުކޮށްފައި ވަނީ މެޑިޓައިމް ޕްރައިވެޓް ލިމިޓެޑް އިންނެވެ. ވިމެންސް މާކެޓަކާއި ފުޑް ކިއޮސްކް ބެހެއްޓުމުގެ ބިޑް ކާމިޔާބުކުރީ ބިޒްނެޓް ޕްރައިވެޓް ލިމިޓެޑް އިންނެވެ. އަދި މި ތަންތަން ތަރައްގީ ކުރުމަށްޓަކައި މި ދެ ކުންފުންޏާ އެކު މާލެ ސިޓީ ކައުންސިލުން ވަނީ މާޗް 30، 2023 ގައި އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން މި ދެ ކުންފުންޏަށް މި ބިންތައް އެވޯޑްކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައި އޮތް ނަމަވެސް މާލެ ސިޓީ ކައުންސިލުން މިއަދާ ހަމައަށް ވެސް މި ދެ ކުންފުންޏާއި މި ބިންތައް ހަވާލުކޮށްފައި ނުވެ އެވެ. މި ތަންތަން ތަރައްގީކުރުމަށް ބިންތަކުގެ އިން ވަކިކޮށްދޭން އެދި މި ކުންފުނިތަކުން ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލަށް ސިޓީތައް ފޮނުވާފައި ވީ ނަމަވެސް މިއަދާ ހަމައަށް ވެސް މި އިން އެއްވެސް ސިޓީ އަކަށް މާލެ ސިޓީ ކައުންސިލުން ޖަވާބު ދީފައި ނުވެ އެވެ. އަދި މިކަމާ ގުޅިގެން މި ދެ ކުންފުނިން މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ގޮސް އެތަނުގެ ކަމާ ބެހޭ އިސް ފަރާތްތަކާ ބައްދަލުކުރި ކަމުގައި ވިޔަސް މި ދެ ކުންފުންޏާ އެ ބިންތައް ހަވާލުކޮށްފައި ނުވެ އެވެ.
މި ދެ ކުންފުންޏާ ބިންތައް ހަވާލުނުކޮށް، ވިމެންސް މާކެޓާއި ފުޑް ކިއޮސްކް ގާއިމް ކުރުމަށް މި ބިޑަށް ކުރިމަތި ވެސް ނުލާ ފަރާތެއް ކަމަށްވާ "ވިނޯވާ މޯލްޑިވްސް ޕްރައިވެޓް" ލިމިޓެޑަށް އެޕްރީލް 2، 2023 ގައި މާލެ ސިޓީ ކައުންސިލުން އެއްބަސްވުމެއް ހަދާ އަދި ބަދަލުގައި ވިލިމާލޭގެ އިރުމަތީ ފަރާތުން 6000 އަކަފޫޓުގ ބިމެއް 25 އަހަރަށް ދީފައި ވާ ކަން ވަނީ ފަޅާއަރާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ވިނޯވާ މޯލްޑިވްސް ޕްރައިވެޓްޑާއި މި ބިން ހަވާލުކޮށްފައި ވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް މޭޔަރަކަށް ވަޑައިގަތުމަށް ފަހުގައެވެ. މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި ބިންތައް ހިނެނޭ ލިސްޓް މި މަހު 20 ވަނަ ދުވަހު ގެޒެޓް ކުރިއިރު މެޑިޓައިމް ޕްރައިވެޓް ލިމިޓެޑަށާއި ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރަންޖެހޭ ބިންތައް މި ލިސްޓްގައި ނުހިމެނެ އެވެ.
ވިނޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަކީ ބަންޑާރަ ނައިބު އުޝާމްގެ ބޭބެ އަދި މޭޔަރު އާދަމް އާޒިމްގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ވިޝާމް އާއި އައިޝަތު ނާޝިމާ އެވެ.
ވިނޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ސެޕްޓެމްބަރު 8، 2019 ގައި މިނިސްޓްރީ އޮކް އިކޮނޮމިކް ޑިވޮލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގަބޫލެއް ނުކުރާނަން: އަނުޕަމް
އަތޮޅު ކައުންސިލްތައް އުވާލަން ފާސްކޮށްފި
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
