އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް3 ގެ ބިން ހިއްކަން މިއަދު ފަށައިފި އެވެ.
ރައީސް މުހައްމަދު ވަނީ އިތުރު ޑްރެޖަރަކާއެކު ހުޅުމާލެ ފޭސް3 ގެ ބިން ހިއްކުން ކުރިއަށްދާ މަންޒަރުގެ ފޮޓޯތަކެއް އެކްސްގައި ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ފޭސް3 ގެ ބިން ހިއްކުން ނިންމައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، ގިރާވަރުފަޅު ހިއްކައި ނިންމާނެ ކަމަށެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ވަރަށް ފަހުން އަލުން ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.
ރައީސްގެ ބައްދަލުވުންތަކުގައި ބޭނުން ބޭފުޅަކަށް ސުވާލު ކުރެވޭނެ
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ
