ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މާލެ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދުއަށް ތާއީދު ކުރައްވާކަން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ހާމަކުރުމުން މެމްބަރުންގެ ނުރުހުން ނަޝީދަށް އަމާޒުވެއްޖެ އެވެ.
ޝިފާ ވާދަކުރައްވަނީ އެމްޑީޕީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. މާލޭ ދާއިރާއަށް ކުރިމަތިލައްވާނެ ހާމަކުރައްވާ ޝިފާ ކުރެއްވި ޓްވީޓެއް ނަޝީދު ވަނީ ރިޓްވީޓް ކުރައްވާފަ އެވެ. އަދި އެމްޑީޕީ ކުރިއަށް ކަމަށް ވިދާޅުވެ "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" އެހެން ޖައްސަވާފައިވެ އެވެ.
ނަޝީދު، ޝިފާގެ ޓުވީޓު ރީޓުވީޓު ކުރުމާ ގުޅިގެން ވާދަވެރި އިންތިހާބެއްގައި ޕާޓީގެ ރައީސް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުން އެއީވެސް ޑިމޮކްރަސީތޯ ބައެއް އެހެން އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ސުވާލު ކޮށްފަ އެވެ. އަދި ނަޝީދުގެ އެ އަމަލަކީ އިންތިހާބަށް ނުފޫޒު ފޯރުވުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓަކު ބުނި ގޮތުގައި، އެމްޑީޕީގެ ޕްރައިިމަރީތަކުގައި މައްސަލަތައް އަބަދުވެސް ދިމާވާ ކަމަށެވެ. އަދި އެ މައްސަލަތައް ދިމާވަނީ މިނިވަންކަމާއި ހަމަހަމަ ކަމާއެކު އިންތިހާބު ކުރިއަށް ގެންދަން ފުރުސަތު ނުދޭތީ ކަމަށް ބުނެފައިވެ އެވެ. އެކަމަށް ލީޑަޝިޕުން އަބަދުވެސް ހުރަސްއަޅާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ގްރޫޕު ލީޑަރު އަލީ އަޒީމް ވެސް ވަނީ ޝިިފާއަށް ތާއިދުކުރައްވާކަން ހާމަކުރައްވައި ޓުވީޓު ކުރައްވައިފަ އެވެ.
އާޒިމުގެ ޓުވީޓުގެ ސްކްރީން ޝޮޓްތަކާއެކު ވެސް ބައެއް މެންބަރުން ވަނީ ނަޝީދަށް ރައްދު ދެއްވާފަ އެވެ. އެ މެންބަރުން ބުނީ ޕްރައިމަރީގެ އިންސާފުވެރިކަން ގެއްލުވާލަން ފުރަތަމަ ފެށި މަަސައްކަތަކީ ނަޝީދަށް ވަފާތެރި މަޖިލީސް މެންބަރުން ލައްވާ ވަކިވަކި ކެންޑިޑޭޓުންނަށް ތާއީދު ކުރާކަން ފާޅުގައި ހާމަކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.
ޥަރަށް ފައްކާ ގޮތެއް އަންނި އާއި އެއްތަނެއްގަ އިންތިހާބްގަ ވާދަކުރާ މީހަކު ހުރުން ވެސް އެއީ މާކަބޮޑަށް އިންތިހާބަށް ނުފޫޒް ފޯރުވުން ކަމައް ބެލެވޭނެ ކަމަކައް ވާނެކަނެއް ނޫންތޯއެވެ. ޥާގޮތަކީ އެމް.ޑީ.ޕީ އެއްގޮތެއްގަ ސާބިތު ކަމާއެކު އޮތަތީވެ މިކަމާ ހަސަދަ ވެރިވާ އެތައް ބަޔަކު އެއްކޮށް އަދި އެހެން ޕާޓީ ތަކުގެ ތެރޭ އެބައުޅޭ... ބޭނުމަކީ އެމް.ޑީ.ޕީ ބައިބައި ކޮއްލުން... ޥެރިކަން ލިބުމައް ވުރެން ވެސް ބައެއް ނީހުން އުފާވާނެ ކަމެއް މިއީ...އެކަމު މިފަދަ ކަމެއް ވެދާނެކަމަށް އެވެރިންގެ ހިތަށް އެރުވުން އެއީ އެވ
އާޒިމްއަކީ އަމިއްލަ ވސްނުމެއް ހުރެގެން އުޅޭ ގަމާރެއްނޫން . އަންނި ގެންގުޅޭ މަކުނެކޭ އެއްގޮތް. އަންނި ކުރާ ކޮންމެ ކަމެއް ކުރާނެ.