ދިރާސާތަކުން ދައްކާ ގޮތުގައި އެކި މީހުންނަށް ހާޓް އެޓޭކް ޖެހުމުން ފެންނަ އަލާމާތްތައް ތަފާތުވެ އެވެ. އެގޮތުން ބަލާއިރު ފިރިހެނުންނާއި އަންހެނުންނަށް ފެންނަ އަލާމާތްތަކުގައި ވެސް ތަފާތުތަކެއް އެކުލެވެ އެވެ.
ހާޓް އެޓޭކެއް ޖެހޭއިރު ގިނަ މީހުންނަށް ފެންނަ އެންމެ އާންމު އެއް އަލާމާތަކީ ވާތްފަރާތާ ދިމާލުން މެޔަށް ތަދެއް އެރުމެވެ. އާންމު ގޮތެއްގައި ހާޓް އެޓޭކް ޖެހުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އޭގެ އަލާމާތްތައް ފެންނަން ފަށަ އެވެ.
އެގޮތުން 2003 ވަނަ އަހަރު އޭއެޗްއޭ އިން ހާޓް އެޓޭކް ޖެހިފައިވާ 500 އަށްވުރެ ގިނަ އަންހެނުން ބައިވެރިކޮށްގެން ވަނީ ދިރާސާއެއް ކޮށްފަ އެވެ.
އޭގެ ތެރެއިން 95 ޕަސެންޓް މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ މަހެއްހާ ދުވަސް ކުރިން އެއްވެސް ކަމަކާ ނުލައި ވަރަށް ބޮޑަށް ވަރުބަލިވުން އިހުސާސް ކުރެވުނު ކަމަށްވެ އެވެ.
މީގެ އިތުރުން ނިދުމަށް އުނދަގޫވުމަކީ ވެސް މި ދިރާސާގެ ބައިވެރިން ފާހަގަކޮށްފައިވާ އަލާމާތެކެވެ. އެގޮތުން ދިރާސާގައި ބައިވެރިވި ބައެއް އަންހެނުން ހާމަކޮށްފައިވާ ގޮތުގައި ހާޓް އެޓޭކް ޖެހުމުގެ މަސްދުވަސް ކުރިން ފެށިގެން ނިދުމަށް އުނދަގޫ ވާން ފަށަ އެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި އާދަޔާ ޚިލާފަށް ދާހިއްލުން ހިމެނެ އެވެ. މިހެންކަމުން މި ފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުން އެއީ ވަރަށް ވެސް މުހިންމުކަމެކެވެ.
ރާނީއަށް ބޮލީވުޑްގެ ހާއްސަ ޝަރަފެއްގެ ގޮތުގައި ރާޖް ކަޕޫރު އެވޯޑު
އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް ތެޔޮ ބޯޓެއް އުރިއްޖެ
އައިފޯން 18 ސީރީޒް: ސެމްސަންގްއިން ބުނަނީ އާ ކަމެއް ނެތް ކަމަށް!