ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއިން ބީއެމްއެލްގެ ގިނަ އަދަދެއްގެ ޑޮލަރު ފޭރުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އަދިވެސް އެ ޑޮލަރުތައް ނުފެނެ އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
ފޭރުނު ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެ ބްރިފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރާއި ޔޫރޯ ވެސް ހުއްޓެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ކ. ހުރާ އިން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނާ ގުޅުންހުރި ތަންތަން ވެސް ފުލުހުން އޭރު ބަލައިފާސްކުރި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުން ފޭރުމުގެ ބޮޑު ޖަރީމާއެއް ހިންގުމަކީ މުޅި އެއާޕޯޓުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ. އެއާޕޯޓަކީ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ސެކިޔުރިޓީ އޮފިސަރުންނާއި އެމްއޭސީއެލްގެ ސެކިޔުރިޓީން 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަ ތަނެކެވެ. އެކަމަކު އެ ފައިސާތައް ފޭރިގެން ލޯންޗާ ހަމައަށް އެ މީހުން ދިޔައިއިރު ވެސް އަތުލައިނުގަނެވުނެވެ.
މިކަމާ ގުޅިގެން ފުލުހުން ވަކިއެއްޗެއް ނުބުނެ އެވެ.
ނިދާއިރު ކައިރީގައި ފޯނު ބޭއްވުން ހުއްޓާލަން ޖެހޭ!
ނިކޯލްއަށް އޭނާގެ މަންމަ ދިން އެންމެ ފަހުގެ ނަސޭހަތަކީ މިއީ!
މެނޭޖްމަންޓް މަގާމުތަކަށް އަންހެނުން ބޭނުންވާ ސަބަބު!
ފުލުހުންގެ ނާގާބިލް ކަމަކީ ކުށެއްނެތް (ގާނޫނު ބުނާގޮތުން) ބަޔަކު ޖަލުގައި ވާނުވާގައި ތިބެންޖެހޭ ސަބަބެއް ނޫން.
ރިޕްލައި