ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް 10 ބުރިއަށް ނެގޭނެގޮތް ހަމަޖައްސަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.
ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހުޅުމާލެ އިން ދޫކޮށްފައިވާ ގޯތިތައް 10 ބުރިއަށް އިމާރާތްކުރުމަށް ހުއްދަދިނުމަށް ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިއުލާންކުރާނެ ކަމަށެވެ.
ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރީންނާ ހަވާލުކުރަން ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށްކުރިއަށް އެބަދެ އެވެ.
ފޭސް ތިނެއްގެ ބިން ހިއްކުމުގެ 50 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
މި ސަރުކާރުން މީގެކުރިން ވަނީ ވިލިމާލޭގައި ވެސް 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ވަނީ ހަދާފަ އެވެ.
އީރާނުގެ އެއާލައިންތައް މާދަމާ ހުއްޓުމަކަށް އަންނާނެ: ބެސެންޓް
ޣައްޒާގެ ހުރިހާ ރައްޔިތުން ބޭރުކޮށްލާނެކަމުގެ އިންޒާރު ދީފި
ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި
