އެއްވެސް ހަރަކާތެއް ނެތި އެއް ތަނެއްގައި މާ ގިނައިރު އިށީންދެގެން އިނުމަކީ އުމުރު ކުރުވާ ކަމެއް ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ދައްކައިފި އެވެ.
ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ދުވާލަކު ހަތަރު ގަޑިއިރަށްވުރެ ގިނައިރު މެދުކެނޑުމެއްނެތި އެއް ތަނެއްގައި އިށީނދެ އިނުމަކީ އުމުރުން 10 މިނެޓު އުނިވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނެޓު ހަރަކާތްތެރިވެ އުޅެންޖެހޭ ފަދަ ކަސްރަތެއް ކުރުމަކީ އެއްތަނެއްގައި މާ ގިނައިރު އިށީނދެ އިނުމުން ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމެއް ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ވަނީ ހަރަކާތްތެރިވެ އުޅުން މަދުވުމަކީ ދިގު މުއްދަތުގައި ސިއްހަތަށް ގެއްލުންވާ ކަމެއް ކަމަށް ބުނެފަ އެވެ.
އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ގިނަފަހަރަށް އަދާކުރަންޖެހޭ ވަޒީފާއަކީ އެއްތަނެއްގައި ދުވާލެއްގެ 8 ގަޑިއިރު ހޭދަކުރަންޖެހޭ ވަޒީފާތަކެވެ.
އެހެން ކަމުން ދުޅަހެޔޮ ސިއްހަތަކަށްޓަކައި ދުވާލުގެ ކޮންމެވެސް ވަގުތެއް ހަރަކާތްތެރިވެ އުޅުމަށް ހުސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ބަންކަރިން ހިދުމަތުން ލިބުނީ 282 މިލިއަން ރުފިޔާ: ސައީދު
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
އެސްއެމްއީ ޑިޖިޓަލްއިން"ވެސަލް ފައިނޭންސިން" ތައާރަފްކޮށްފި