ރާއްޖޭގައި ގިނަ ކޯސްތަކެއް ހިންގާ އެމްއައި ކޮލެޖްގެ ފެކަލްޓީ އޮފް ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީގެ ޑީން، ޕްރަޖޯލް މޯހަންދާސް އަތުގައި އޮތީ ފޭކް މާސްޓާސް ސެޓްފިކެޓެއް ކަން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އެކި ކޯސްތައް ހިންގަމުން އަންނަ އެމްއައި ކޮލެޖަށް މިފަހުން ގިނަ ތުހުމަތު ތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެ ކޮލެޖުން އެކަންކަމަށް ރަސްމީ ބަހެއް ބުނެފައި ނުވެ އެވެ. އެގޮތުން އެ ކޮލެޖުގެ ޕާޓް ޓައިމް ލެކްޗަރާއިންނަށް މުސާރަ ނުދޭތާ ތިން މަސްވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ތުހުމަތުތައް ކުރެވެމުން ދަނިކޮށް، އެތަނުގެ އައިޓީ ޑީންގެ ގޮތުގައި މަސައްކަތް ކުރާ އިންޑިއާ އަށް ނިސްބަތްވާ ޕްރަޖުލްއަށް މަހަކު 30،000ރ އަށްވުރެ ބޮޑު މުސާރައެއް ދޭއިރު، އޭނާގެ އަތުގައި އޮތީ "ފޭކް" ސެޓްފިކެޓެއް ކަމަށް ބުނާ ލިޔުންތަކެއް "ހުރިހާ" އަށް ވަނީ ލިބިފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ފޭކް ސެޓްފިކެޓް އެމްކިޔުއޭއަށް ހުށަހެޅުމުން، އެ އޮތޯރިޓީން ވަނީ ސެޓްފިކެޓްގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި، ސެޓްފިކެޓަކީ ނަން- އެކްރެޑިޓް ސެޓްފިކެޓެއް ކަމަށް ކަނޑައަޅާފަ އެވެ.
އެގޮތުން އެމްކިޔުއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އެމްއައި ކޮލެޖްގެ ފުލްޓައިމް މުވައްޒަފެއްގެ ގޮތުގައި އޭނާ އުޅެމުން ކޯސް ފުރިހަމަ ކުރުމަށް ހޭދަކުރި ކްރެޑިޓް އަވާޒް ހަމަނުކުރެވޭނެ ކަމާއި، އަދި އެ ކޯސް ހެދިކަމަށް ބުނާ ޔުނިވާސިޓީން އޮންލައިން ނުވަތަ ޑިސްޓެންސް ލާނިން އޮޕްޝަން އެ ކޯހަށް ދީފައި ނުވާ ކަމަށް އެނގޭ ކަމަށެވެ.
އެމްކިޔުއޭ އިން ސެޓްފިކެޓް އެކްރެޑިޓް ނުކުރުމުން އޭނާ ވަނީ އެ އޮތޯރިޓީން އެކްރެޑިޓް ކުރި ކަމަށް ބުނެ ފޯޖްކޮށްފައިވާ ސެޓްފިކެޓެއް ކޮލެޖަށް ހުށަހަޅާފަ އެވެ. އެމްއައި ކޮލެޖުން އޭނާގެ ފޭކް ސެޓްފިކެޓް ވަނީ ގަބޫލުކޮށްފަ އެވެ.
އެންމެ އަގުބޮޑު އެކްޓަރަށް 150 މިލިއަން ޑޮލަރުގެ އާމްދަނީއެއް!
ދުވާފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ތިން މީހަކު ހައްޔަރު