ހޮލީވުޑްގައި ނެޓްފްލިކްސްއާއި ޕެރަމައުންޓް ފަދަ އޯޓީޓީ ޕްލެޓްފޯމްތަކުގެ ނުފޫޒު ގަދަވަމުން އަންނާތީ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލިއޮނާޑޯ ބުނެފައިވަނީ ފިލްމުތައް ބަލަން ސިނަމާތަކަށް ދިއުމުގެ ސަގާފަތް ނެތެމުން އަންނަނީ ކަންބޮޑުވާންޖެހޭ ހަލުވި މިނެއްގައި ކަމަށާއި އެކަމުގެ ސަބަބުން އާޓިސްޓުންނަށް ގެއްލުންވާނެ ކަމަށެވެ.
އެގޮތުން ކަންތައް މިހެން ކުރިއަށް ދާނަމަ މާ ލަސްތަކެއް ނުވެ ސިނަމާތަކަކީ އެއްވެސް މީހަކު އަޅާނުލާ އާސާރުތަކަކަށް ވެދާނެ ކަމަށް ލިއޮނާޑޯ ބުންޏެވެ.
ލިއޮނާޑޯ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ނެޓްފްލިކްސްއިން ދުނިޔޭގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ވާނަސް ބްރޯސްއާއި ޑިޒްނީ ގަތުމަށް 86 ބިލިއަން ޑޮލަރު ހުށައަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަން ކާމިޔާބު ވެއްޖެނަމަ ވާނާސް ބްރޯސްގެ ހިޔަލުގައިވާ އެތައް ފްރެންޗައިޒްއެއް ނެޓްފްލިކްސްގެ އަތްދަށުވެ ހޮލީވުޑަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ އެވެ.
މިއާއެކު ނެޓްފްލިކްސްއިން ވަނީ ފިލްމުތައް ސިނަމާތަކުގައި ދައްކަން ފަށާތާ 17 ދުވަސް ފަހުން އެ ޕްލެޓްފޯމްގައި ވެސް ރިލީޒް ކުރަން ހުށައަޅާފަ އެވެ.
މިއީ ފިލްމު އުފައްދާ ފަރާތްތަކަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަ ކުރަމުން ލިއޮނާޑޯގެ އިތުރުން ހޮލީވުޑްގެ އެހެން ފަންނާނުންތަކެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން: އެމްޑީޕީ
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި
"ދުރަންދަރް" މިމަހު 30ގައި ނެޓްފްލިކްސްއަށް އަންނަނީ!