ހުޅުމާލޭގައި ހުންނަ ދިވެހިންގެ މެދުގައި މަގްބޫލު "ދިއްދޫ ހޮޓާ" 15 ދުވަސް ތެރޭގައި ހުސްކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ދިއްދޫ ކެފޭ ހުސްކުރަން ކޯޓުން އެންގީ އެތަން ހުސްކުރަން އެތަން ހިންގާ އިމާރާތުގެ ވެރިފަރާތުން އެންގި މައްސަލަ ހޮޓަލުގެ ވެރިމީހާ ކޯޓަށް ހުށަހެޅުމުންނެވެ. އެތަނުގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު ޑިސެމްބަރު, 2023 އަށް ވަނީ ހަމަވުމުން ގޭގެ ވެރިފަރާތުގެ ފިރިމީހާއާއެކު އަނގަބަހުން ހެދި އެއްބަސްވުމެއްގެ ދަށުން، އިތުރު ތިން އަހަރަށް ކުލީގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ހޮޓަލުގެ ވެރިފަރާތުން ބުނެފައިވެ އެވެ.
ބިމުގެ ވެރިފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ތަން ހުސްނުކުރާތީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ ތަން ހިންގަން ހުއްދަ ދިން ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ވެސް އެތަން ހުސްނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުން އެއްބަސްވުމުގެ މުއްދަތު އަނގަބަހުން އިތުރުކުރީ ބިމުގެ ވެރިފަރާތުގެ ފިރިމީހާ ކަމަށް ހޮޓަލުގެ ވެރިފަރާތުން ބުނި ނަމަވެސްކުލީގެ އެއްބަސްވުން އިތުރު ކުރުމުގެ ބާރު ފިރިމީހާއަށް ނެތް ކަމަށެވެ.
އެހެންކަމުން އިމާރާތުގެ ވެރިމީހާގެ ނުރުހުމުގައި އެތަން ބޭނުން ކުރުމުގެ ހައްގު ހޮޓަލުގެ ވެރިފަރާތަށް ނެތް ކަމަށް ކަނޑައަޅައި، 15 ދުވަސް ތެރޭގައި އެ ތަން ބިމުގެ ވެރިފަރާތާ ހަވާލުކުރަން ހުކުމުގައިވަނީ އަންގައިފަ އެވެ. އަދި ހޮޓަލަށް ކުރި އިންވެސްޓްމެންޓާއި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ކުލަ ބަދަލުވާ ކުޅިތަކުގެ ސިއްރު: ޕްލިޓްވިސޭގެ ގުދުރަތީ ކުރެހުން!
ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރަކަށް އީރާނުން ބަޑި ޖަހައިފި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް