އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާ، ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ނަމަ އަންނަ ފެބްރުއަރީ މަހުގެ 23ވަނަ ދުވަހުގެރޭ 10:00ގެ ކުރިން 1414 އަށް ގުޅައި ދަފުތަރުވުމަށް އެދިފަ އެވެ.
އެ ކޮމިޝަނުން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9އިން ރޭގަނޑު 10އަށް، އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3އިން ރޭގަނޑު 10 ޖަހަންދެން 1414 އަށް ގުޅުމުން، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތަށް އެދި ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ފެނުމުން މަހުރޫމުވެފައިވާ ފަރާތްތައް އަމިއްލައަށް ވޯޓު ކަރުދާހުގައި ޓެމްޕްލޭޓު ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގަ އެވެ.
ޓެމްޕްލޭޓް ބޭނުންކޮށްގެން އެ އިންތިހާބުގައި 45 ލޯފަންމީހުން ވަނީ ވޯޓުލާފަ އެވެ.
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަން ދެތިން ކަމެއް!
