އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 20:00އާ ހަމައަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މާލޭގެ މަޖީދިއްޔާ ސުކޫލުގައި 18 ފޮށި ބަހައްޓާފައިވާ އިރު، އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ގަލޮޅު މަދަރުސާގައި ވެސް ފޮށި ބަހައްޓާފައިވެ އެވެ. ވިލިމާލޭގެ ފޮށި މުޙްޔިއްދީން ސްކޫލުގައި ބަހައްޓާއިރު، ހުޅުމާލެ މެދާއި ދެކުނު ދާއިރާތަކުގެ ފޮށިތައް ޣާޒީ ސްކޫލުގައި، އަދި ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ބަހައްޓަނީ ކާމިލު ދީދީ ސްކޫލުގަ އެވެ.
އެމްޑީޕީގެ ޕްރައިމެރީ ތަކަކީ އަބަދުވެސް ވަރަށް ވާދަވެރި ޕްރައިމެރީތަކެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިފަހަރުގެ ކައުންސިލް ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ