ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ގެ ޕްރައިމަރީގެ އިންތިހާބުގެ ކާމިޔާބާއެކު ދެން މަސައްކަތްކުރަންވީ އެމްޑީޕީއަށް މުޅި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދީ، 2028ގެ ރިޔާސީ އިންތިހާބު ވެސް ހޯދައިދޭން ކަަމަށް، އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޓިކެޓު ކަށަވަރުކުރެއްވި އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމުން މަރުހަބާ ކިޔުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އޭނާއަށް ޕްރައިމަރީ ކާމިޔާބުކުރުމަށް ޓަކައި މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން ލިބުނު ތާއީދަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
އާޒިމް ވިދާޅުވީ މޭޔަރުކަމުގެ ޕްރައިމަރީ އޭނާއަށް ކާމިޔާބުވުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބެއް ކަމަށާއި އަދި އެ ކާމިޔާބާ އެކު މިއަދު އެދެނީ އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓާއި އެހެން ބޭފުޅުން ވެސް އޭނާއާއެކު މާލޭގެ މޭޔަރުކަމާއި މުޅި ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރުން ކަމަށް ކަމަށެވެ.
އެއަށްފަހު ދެން އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބުކޮށް، ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ނުލިބޭހާ ހިނދަކު ރައްޔިތުން ތިބޭނީ ނިކަމެތި ކަމުގައި ކަމަށާއި އެ ކަން ބަދަލުވާނީ ވެރިކަން ލިބިގެން ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެއަކީ ބޮޑެތި މައްސަލަތައް ހުރި ތަނެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަނގަޅު މާލެއެއް ހޯއްދަވައިދެއްވަން ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަށް އަރައިފި
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރަށް
އީރާނަށް އިތުރު ފުރުސަތެއް ދިނުމަށް ގަލްފްގެ 3 ގައުމަކުން އެދުނު