ޗައިނާގެ އެހީގައި ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ކޮންޓްރެކްޓަރަކު ކަނޑައެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އަމަލީ މަސައްކަތް ފަށަން ސޮއިކުރިކަން ހާމަކުރައްވައިފަ އެވެ. އަދި މިއީ މުހިންމު އަމާޒެއް ހާސިލްވި ކަމެއް ކަމަށާއިި ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން ޑިޒައިންކޮށް، އިމާރާތްކުރާ މި ހޮސްޕިޓަލްގެ ސާވޭ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، ހޮސްޕިޓަލް ސައިޓުގައި ސާވޭއެއް ކުރީ މި މަހުގެ ފަސްވަނަ ދުވަހެވެ.
މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫއުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ އެވެ. ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އެވެ.
ޗައިނާގެ އެހީގައި ވިލިމާލޭގައި ހަދާ އެ ހޮސްޕިޓަލަކީ 112 އެނދުގެ ޖާގައިގެ، ގާތްގަނޑަކަށް 12،890 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ.
އެމަޖެންސީ ޑިޕާޓްމަންޓުތަކާއި، ޓެސްޓުކުރެވޭ ފެސިލިޓީތަކާއި، ފަރުވާދޭން ޚާއްސަ ތަންތަނާއި، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓު ޚިދުމަތް ދެވޭ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ. މީގެ އިތުރުން އިދާރީ ކަންކަމަށް ޚާއްސަ އޮފީސް ސަރަހައްދެއް ވެސް ހުންނާނެއެވެ.
މި މަޝްރޫއުގެ ޑިޒައިންގައި އިސްކަންދޭނީ ރާއްޖޭގެ ގުދުރަތީ މާހައުލާއި، ޗައިނާއާއި ރާއްޖޭގެ ސަގާފީ ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށް އެމްބަސީން ބުންޏެވެ.
އެ މަޝްރޫއަކީ ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ދެ ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. އެ ހޮސްޕިޓަލް އަޅަނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހުރި ސަރަހައްދުގައި އޮތް ހުސް ޖާގައިގަ އެވެ.
އަންނައުނު ގިނަ ދުވަހު ބޭނުން ކުރަން ފަސޭހަ ގޮތެއް!
ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާންކޮށްފި