މާތްވެގެންވާ އިސްލާމްދީން ދެކެ އެންމެ ލޯބިވާ ޕާޓީއަކީ އެމްޑީޕީ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މައިޕާޓީ، އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީއަށް ވުރެ ވަކިން ބޮޑަށް އިސްލާމްދީން ދަމަހައްޓާނެ އެހެން ޕާޓީއެއް ނޯންނާނެ ކަމަށައި އިސްލާމްދީނުގެ ކޮންމެފަދަ ޤުރުބާނީއެއް ވާންޖެހުނަސް އެމްޑީޕީގެ މެމްބަރުން ތިބޭނީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.
އާޒިމް ވިދާޅުވީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް މީގެކުރިން ވެރިކަމުގައި ތިބިއިރު މާލެސިޓީ ކައުންސިލަށް ދަތިކޮށް، ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިކުރި ކަމަށެވެ.
މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ލިބުނު ވަކިމޮޅެއް ނެތްކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ދިން ބާރުވެރިކަން އަނެއްކާ ވެސް މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.
އެގޮތުން މާލެސިޓީ ކައުންސިލަށް ދީފައިވާ ބާރުތައް ނަގަމުންދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ސިޓީ ކައުންސިލަށް މުވައްޒަފުން ނުނެގޭއިރު، މިސްކިތްތައް ބެލެހެއްޓުމަށް ވެސް މުއައްޒަފުން ނެގުން ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މީގެ ކުރިން ހުންނެވި މޭޔަރު މިސްކިތްތައް ސާފުކުރުމުގެ ކަންކަން ކުރަމުން ގެންދިޔައީ މަގުމަތީގައި ތިބޭ ބޭރު މީހުން ގެނެސްގެން، ނަމަވެސް އެމްޑީޕީން މިސްކިތްތައް ސާފްކުރަނީ ދިވެހިން ބޭނުންކޮށްގެން ކަމަށެވެ.
އާޒިމް ވިދާޅުވީ ދީނުގެ ކަންތައްތަކުގައި އެންމެ ކުރީގައި ތިބުމާއި ދީނަށް އެންމެ ރަނގަޅު ކަންތައް ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، އެކަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި ސަރުކާރުން ދަތިކުރި ނަމަވެސް މިސްކިތްތައް ސާފުކޮށް ބަލަހައްޓާނެ ކަމަށާއި، އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
މި ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ސިއްހީ ފައިދާތަކެއް!
"މާޑާ"އަށްފަހު މަލިކާއަށް ފުރައްސާރަ އަމާޒުވީ ކީއްވެ؟
ޣައްޒާ އާރާސްތުކުރާނެ ގޮތުގެ ޕްލޭން އެމެރިކާއިން ހުށަހަޅައި