ވޮޝިންޓަން (26 އޭޕްރީލް) - އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ނިއުކްލިއާ މަޝްވަރާތަކުގެ ތިންވަނަ ބުރު އަންނަ ހަފުތާގެ ތެރޭގައި އޮންނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ އީރާނާއި ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ހަދާފައިވާ ޖީސީޕީއޯއޭ ގެ އެއްބަސްވުމުގައި އެމެރިކާއިން އަލުން ބައިވެރިވުމާ ބެހޭ ގޮތުންނެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިޔާސަތުގައި 2015 ވަނަ އަހަރު ރޫޅާލާފައިވާ ނިއުކްލިއާ ޕްރޮގްރާމްތައް އަލުން ފެށުމަށް މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އީރާނާ ދެކޮޅަށް އެ ގައުމުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން އެކަމަށް އަންނަނީ ހުރަސް އެޅެމުންނެވެ.

ފާއިތުގެ ދިޔަ މަޝްވަރާގެ ދެ ބުރުގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދެ ގައުމުން ބުނި ނަމަވެސް އަދިވެސް އެއްބަސް ނުވެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ތެރޭގައި އެމެރިކާއިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުން ހިމެނެ އެވެ.

އެމެރިކާއާއެކު އާ ނިއުކްލިއާ ޕްރޮގްރާމެއްގެ މަޝަވަރާތައް ކުރުމަށް އިޒްރޭލުގެ އޮފިޝަލުންތަކެއް ވެސް މިހަފުތާ ތެރޭގައި އެމެރިކާއަށް ދަތުރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.-- އަލް އަރަބިއާ