އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
މަރުވެފައި ވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދަފްތަރު ނަންބަރު 439 / އިބްރާހިމް ސުހައިލް،53 އެވެ.
ކަރެކްޝަންސް އިން ބުނީ ސުހައިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށެވެ.
އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން މިއަދު ހެނދުނު 9:05 ހާއިރުގައެވެ. އޭނާ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެކެވެ.
ސުހައިލް މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން ފުލުހުންނަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސަވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފަ އެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ދުޅަހެޔޮ ހިތަކަށް އުފުލަންވީ ބަރު: އާ ދިރާސާއަކުން ހޯދުންތަކެއް!
ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަން ރުފިޔާ
