މާލޭ ހިޔާގެ ފަސް ވަނަ ފަންގިފިލައިން ވެއްޓުނު މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެ އިމާރާތުން ބުރާސްފަތި ދުވަހު ހެނދުނު ފަސްވަނަ ފަންގިފިލައިން ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާއަށް މިހާރު ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. އަދި އެ މީހާ ވެއްޓުނު ސަބަބެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އޭނާއަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. ސްޓްރެޗާ އަށް ލައިގެން ގެންދާއިރު، ބޮލުގަ އާއި އަތުގައި ވެސް ބެންޑޭޖް އަޅާފައިވާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.
ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!