ސީރިއާގެ ވެރިކަން ވައްޓާލި ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސީރިއާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ވައްޓާލުމަށްފަހު ޑިސެމްބަރު، 2024 ގައި ވެރިކަމާ ހަވާލުވި އެޗްޓީއެސް ޖަމާއަތް 2019 އިން ފެށިގެން އޮތީ ރާއްޖޭގެ ޓެރަރިސްޓް ލިސްޓްގަ އެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ނެރުއްވި ލިސްޓްގައި އެޗްޓީއެސް ޖަމާއަތް ވަނީ އުނިކޮށްފަ އެވެ. އަދި ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން ވެސް އެ ލިސްޓުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
އެހެން ނަމަވެސް އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް ފަދަ ޖަމާއަތްތައް އަދިވެސް އެ ލިސްޓްގައި އެބައޮތެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން އެ ލިސްޓްގައި ހިމެނޭ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.
އިސްޓާކީނާއެކު ނިދުމަކީ ކޮންކަހަލަ ކަމެއް؟
އެމްޕީއެލް ލޮޖިސްޓިކްސްގެ ވިޔަފާރި ފުޅާކޮށް ހިދުމަތް ފަށައިފި
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު