އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ހުކުމް އިއްވަން މާދަމާއަށް ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ކ. ތުލުސްދޫ، ލަކުސަވީ، ފާތިމަތު ސޫޒަން އާއި ކ. ގުރައިދޫ، ރިނދަލިގެ، އަބްދުލް މަޖީދެވެ.
ސޫޒަން މައްސަލަ ހުށަހެޅީ ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި އެޕްލިކޭޝަން ބަލައިނުގަތުމުންނެވެ. މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އެވެ.
އަބްދުލް މަޖީދު އެ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ހުށަހެޅުން ބަލައިގެންފައިނުވާތީއެވެ. އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.
އެ ދެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
އީރާނުން ޗައިނާއަށް ތެޔޮ ވިއްކުން ހުއްޓުވަނީ
މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ ބޮޑަކު ހައްޔަރުކޮށްފި
