ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަން އެވެނިއު އެޕާޓްމެންޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
އެންޑީއެމްއޭއިން ބުނީ ފިތުރޯނުމަގުގައި ހަދާފައިވާ ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އެޕާޓްމެންޓުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެ އެޕާޓްމެންޓުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ ކެއިންބުއިމާއި ވަގުތީ ބޯހިޔާވެހިކަން, ތިން ދުވަހުގެ މުއްދަތަށް އެންޑީއެމްއޭ އިން ވަނީ ހަމަޖައްސައިދީފަ އެވެ.
ރޭ 11:00 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާހިއްލާ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލު ހޯދުމުގެ މަސައްކަތް އެންޑީއެމްއޭ އިން އަންނަނީ ކުރަމުންނެވެ.
ވެރިމީހާ ހިތުހުރިގޮތަކަށް ކަންތައް ނުކުރެވޭނެ: ޖަމީލް
އެޕްސްޓީންގެ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
މާލެއިން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަނީ
