ކުނި ބަރުކޮށްގެން މާލެއިން ހުޅުމާލެއަށް ދިޔަ ޕިކަޕެއް ސިނަމާލޭ ބްރިޖުގައި ފުރޮޅާލައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު ކަމަށެވެ. ޕިކަޕުގެ ފުރޮޅެއް ފަޅައިގެން ގޮސް އަރި އަޅާލައި ފެންސުގައި ޖެހުމުގެ ސަބަބުން ފުރޮޅާލިކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާއާ ގުޅޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ޕިކަޕްގައި ހުރި ކުނިތައް ބްރިޖުމައްޗަށް ބަންޑުންވެފައިވާއިރު ޕިކަޕަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ޔޫއޭއީން އީރާނުގެ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލައިފި
އޮސްކާގެ ސަޕޯޓިން އެކްޓަރުގެ އެވޯޑަށް އޭން ކެމްޕެއިން ކުރަނީ!