މާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ކަށިމާގެ، އުމުރުން 32 އަހަރުގެ ފާޠިމަތު ނޫރާ ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ، ރޭ އަށެއް ޖަހާކަންހާއިރު ނޫރާ ގެއިން ބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް، ދަންވަރު 12:19 ހާއިރު އާއިލާއިން ފުލުހަށް މައުލޫމާތުދީފައިވާ ކަމަށެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ، ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ގަލޮޅު ސްޓޭޝަނުގެ ނަންބަރު 9631696 އަށް، ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ.
ދިރާގުން "ބޮޑު އީދަށް ރިސޯޓަށް" ޕްރޮމޯޝަން އިއުލާނުކޮށްފި
ގަދަ ހޫނުގެ ސަބަބުން ހޯމޯންތަކަށް ބަދަލު އާދޭތަ؟
"3 އިޑިއަޓްސް"ގެ ސީކުއަލް އަންނަނީ!