ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓޯޓަކީ ގާނޫނުއަސާސީއާ ހިލާފު ވޯޓެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.
"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ" ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ އިންތިހާބުގައި ރައްޔިތުންގެ ކައިރީ އަހަނީ ޣައިރު ދުސްތޫރީ ސުވާލެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ބުރަވެފައި އޮތުމުން އެ ވޯޓު އިންސާފުވެރި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކިހިނެއްތޯ ބެލެވޭނީ މިއީ އިންސާފުވެރި އިންތިހާބަކަށް މީތި މަގުފަހިވާނެ ކަމަށް، ނުއެއް ވާނެ. އެއީ ރައްޔިތުންނަށް ލިބެންވާނެ ވަގުތު. ރިފެރެންޑަމަކީ މުޅިން ހާއްސަ ތަބިއްޔަތެއްގެ އެއްޗެއް،" ކުރީގެ އުއްތަމަ ފަނޑިޔާރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ ވޯޓާ ގުޅޭގޮތުން ކެމްޕޭން ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ެވސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ދެންނެވޭނީ އިލެކްޝަންސް ކޮމިޝަނުން އެ މީހުންގެ ޒިންމާ، ދުސްތޫރީ ޒިންމާއާ ހިލާފުވެ ވަކި ފަރާތަކަށް ބުރަވެގެން ތިބެ ކުރާ ކަމެކޭ މިއީ،"
ފެންނަ ނުފެންނަ ވޯޓުގައި ކުރާ ސުވާލު
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
"އެ ސުވާލު ވެގެން ނުވާނެ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ. ސަބަބަކީ ތަސްދީގު ކުރުމަކީ ރައްޔިތުންގެ ރެފެރެންޑަމްގެ ފަހުން އަންނަ އެއްޗެއް. އެ އިސްތިސްނާގައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ ކައިރީ ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމުމަށް ނޭހޭނެ ކަމަށާއި ސަބަބަކީ ގާނޫނުއަސާސީގައި ސަރީހަ އިބާރާތުން ތަސްދީގު ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައި އޮތުން ކަމަށް ޑރ. އަހްމަދު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި އޮންނަން ޖެހޭނީ މި ގެނެވުނު އިސްލާހުގައި ހިމެނޭ ކަންކަން، މި ބަދަލު ގެންނަން މަޖިލީހުން ނިންމި ނިންމުން އެކަމާ ރައްޔިތުން ރުހޭތޯ، އެކަމާ ރައްޔިތުން ގަބޫލުތޯ. އެއްވެސް ހާލަތެއްގައި އެއީ ތަސްދީގުކުރަން ފެނޭތޯއެއް ނޫން."

އީރާންގެ އާ ސްޕްރީމް ލީޑަރު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި
އިޒްރޭލުން އީރާންގެ ތެޔޮ މަރުކަޒުތަކަށް ގިނަ ހަމަލާތަކެއް ދީފި
