ގެދޮރު އިމާރާތްކުރުމާއި މަގު ހެދުމުގެ މަޝްރޫޢުތަކަށް ތިމާވެށީގެ އަސަރު ދެނެގަތުމުގެ ރިޕޯޓު (އީއައިއޭ) ތައްޔާރުކުރަން ނުޖެހޭ ގޮތަށް، ކަމާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ގެނައި މި ބަދަލާ އެކު، 2012 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި 'އީއައިއޭ ހެދުމާ ބެހޭ ގަވައިދު'ގެ ދަށުން އީއައިއޭ ހެދުން ލާޒިމުވާ ކަންކަމުގެ ލިސްޓު ވަނީ މުރާޖައާކޮށްފަ އެވެ. އެގޮތުން، ކުރިން އީއައިއޭ ހެދުން ލާޒިމުވި ބައެއް ކަންކަމުގެ ތެރެއިން މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތައް މިހާރު ވަނީ އެ ލިސްޓުން އުނިކޮށްފަ އެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން، ތަރައްޤީގެ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން، ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމެއް ހޯދަން އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހެޅުން އަދިވެސް ލާޒިމެވެ. މި ގަވައިދު ތަންފީޒުކުރުމުގެ ޒިންމާ އޮތީ އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ބެލުމުގެ ދަށުގަ އެވެ.

ނުފުރުނު 164 އުމްރާވެރިން މިރޭ ފުރުވާލަނީ
ޣައިރު މުސްލިމެއްގެ ދުލުން ރަމަޟާން މަހުގެ ތަޖުރިބާ!
އެމްޑީޕީން ގެންނާނީ ފަހި ދިރުއުޅުމަކަށް ފަހި މާލެ ސިޓީއެއް