މާލޭ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު ދަކަނދާމަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނީ ތޯތާޕަރީ، ސ. ހުޅުދޫ، މުހައްމަދު ނިޒާރު އެވެ. އޭނާގެ އުމުރަކީ 54 އަހަރެވެ.
ނިޒާރުގެ މަރާއި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 13:01 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށާފަ އެވެ.
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!
މުމްބާއީގެ އަގުބޮޑު ސަރަހައްދަކުން ތާބޫ އެޕާޓްމަންޓެއް ގަނެފި
ކުލަ ބަދަލުވާ ކުޅިތަކުގެ ސިއްރު: ޕްލިޓްވިސޭގެ ގުދުރަތީ ކުރެހުން!