ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤުވާމީ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ރާއްޖެއަށް ދަތުރުކުރި "ބަޓިކް އެއާ" ގެ ފްލައިޓެއްގެ ތެރޭގަ އެވެ.
ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ފްލައިޓުން ރާއްޖެ އައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ނުދެ އެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އަމަލުތައް ފްލައިޓްތަކުގެ ތެރޭގައި ހިންގުމަކީ ބައެއް ހާލަތްތަކުގައި ބޮޑެތި އަދަބުތައް ލިބޭ ކަމެކެވެ.
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
މަސްދޯނިފަހަރަށް ތެޔޮ ނުލިބޭ ވާހަކަ ޝިޔާމް ދޮގުކުރައްވައިފި
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!