މިދިޔަ ބުދަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހުބާން، 29، ކަމަށެވެ.
އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އަލިފާން ރޯވުމުގެ ހަތް މިނިޓެއްހާއިރު ކުރިން ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސައިކަލު ޕާކުކޮށް، އެ ގެއަށް ވަންނަތަން ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ.
އެގެއަށް ވަން މީހަކީ ޝަހުބާންކަން ސީސީޓީވީ ފްޓޭޖުން ވަނީ ކަށަވަރުކުރެވިފަ އެވެ. އޭނާ އެގެއިން ނުކުތްތާ އިރުކޮޅެއްގެ ތެރޭގައި ވަނީ އަލިފާން ރޯވެފަ އެވެ.
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން
