ރާއްޖެ ސަރަހައްދުގެ 12 ނޯޓިކަލް މޭލު ބޭރުގެ ވައިގެ ސަރަހައްދަށް ރާއްޖޭގެ ގާނޫނީ ބާރެއް ނުހިނގާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިފާޢީ ވުޒާރާއިން މިހެން ބުނީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދެކޮޅަށް ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމާގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވަނިކޮށެވެ. ސަރުކާރުން މިހާތަނަށް ބުނަމުން އައީ އެއްވެސް ބަޔަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މި ބަޔާން ނެރުނީ އެމެރިކާ އިން ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމަށް ފަހު އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ގައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގުވާމީ މުއާޙަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވް އޮފް ދަ ސީ (އަންކްލޯސް) ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ދިވެހިރާއްޖެއަށް ލިބިދޭ ހައްގުތަކާއި އިހުތިޔާރުތައް ބަޔާންކުރާ ގާނޫނަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ގާނޫނު ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ގާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަޙައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަޙައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށެވެ.
ގައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުޞޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަޙައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދަކީ، އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ސަރަހުއްދުތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މިއަށް ވުރެ ބޭރުގެ ވައިގެ ސަރަޙައްދަކީ، އިންޓަނޭޝަނަލް އެއާ ސްޕޭސް ކަމަށެވެ. އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރު) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭއިރު، މި ސަރަޙައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ގާއިމްކޮށްދިނުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ އިންޓަނޭޝަނަލް އެއާސްޕޭސްގެ ތެރޭގައި ހިމެނޭ އެފްއައިއާރު ސަރަޙައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ނަމަވެސް، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ ކަމަށެވެ.
ކަނޑާއި ވައިގެ ސަރަޙައްދުގައި އެ ގައުމަކަށް ފުރިހަމަ ބާރު ލިބި، ގާނޫނު ހިނގާނީ 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށެވެ. ދެން ހިމެނޭ ސަރަޙައްދުތަކަކީ، އެ ގައުމެއްގެ ބެލެހެއްޓުންތެރިކަން ހިމެނޭ ސަރަޙައްދުތަކެއް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް 12 ނޯޓިކަލް ބޭރުގެ ވައިގެ ސަރަޙައްދަށް ހުއްދަ ދިނުމާއި، ނުދިނުމަކީ އެއީ އެ ގައުމެއްގެ ކޮންޓްރޯލްގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ޖޭލޯ ބެންއަށް އަދިވެސް ޝުކުރުވެރިވަނީ މިހެންވެ!
ސަރުކާރުގެ ޓެކްސީ ކާރުތައް ރާއްޖެ ގެންނަން ފަށައިފި