ބީއެމްއެލްގެ ވިލިމާލޭ 300 އެފޯޑަބަލް ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.
އާރްސީސީއާ ހަވާލުކޮށްގެން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ބީއެމްއެލް އާއި އާރްސީސީގެ އިސްވެރިންނެވެ.
އެ މަޝްރޫއުގެ ދަށުން، 17 ފަންގިފިލާގެ 3 ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން އިމާރާތްކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ އެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރަށް ނިމޭނެ ކަމަށެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ. މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްގީކުރާނެ އެވެ.
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި
އިދާރާތަކުގެ އިހުމާލުގެ އަޑު ގަދަވެއްޖެ، ވެރިން ކެމްޕޭނުގައި
