ގދ. ކާޑެއްދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރާނީ ދައުލަތުން އެއްވެސް ހަރަދެއް ނުުކުރާ މޮޑެލްއަކަށް ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރަން ނިންމާފައި ވަނީ ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެ ކުންފުނިން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުންދަނީ ވިލާ ގްރޫޕުންނެވެ. ވިލާ ގްރޫޕާއި ސަރުކާރާ ދެމެދު މަޝްވަރާކުރުމަށްފަހު މިހާރު ވަނީ ސަރުކާރާ އެ އެއާޕޯޓް ހަވާލުކުރަން އެއްބަސްވެފަ އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރޭވުންތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ ފަރާތުން އިމާރާތްކުރަން ނިންމާފައިވާ ފްލެޓްތަކުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރަށް ރެކޯޑް އަދަދަކަށް ފައިސާ ދޫކުރަނީ
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު
8 ގަޑިއިރުގެ ނިދި ކޮންމެހެން ބޭނުން ވޭތަ؟ މާހިރުން ބުނަނީ ކީކޭ؟

ބޮޑަށް ރަނގަޅީ ތާރީޚުތައް ދެއްވުމަށްވުރެ އަވަހަށް ފެއްޓެވިއްޔާ! ތާރީޚް ޕޭ ތާރީޚް، ތާރީޚް ޕޭ ތާރީޚް. މިއަށްވުރެ ޢަމަލީ ފިޔަވަޅުތަކެއް ލޯމަތިން ފެނުން މުހިންމު.