މިއީ އަޅުގަނޑުމެންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޑިޝްއެކެވެ. ރެސްޓޯރެންޓަކަށް ދެވިއްޖެ ނަމަ އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަ ޑިޝްއަކަށް މި ޑިޝް ވާނެ އެވެ. ބަދަލެއްގެ ގޮތުން މި ޑިޝް ގޭގައި ތައްޔާރުކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ؟

ބޭނުންވާ ތަކެތި

  • 2 ފޮތި ޕާން (ކައިރި ކަފާ ކުދިކޮށްފައި)
  • ½ ޖޯޑު ކިރު
  • 1 ފިޔާ (ގާނާފައި)
  • 500 ގ މިންސްޑް ބީފް
  • 1 ބިސް
  • 3/1 ޖޯޑު ބޭސިލް ލީވްސް (ކޮށާފައި)
  • 3/1 ޖޯޑު ޕާމަސީން ޗީޒް (ގާނާފައި)
  • 3/1 ޖޯޑު ޕާސްލީ ލީވްސް (ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 500 ގ ޓޮމާޓޯ ޕާސްތާ ސޯސް
  • 2 ޖޯޑު ޕާސްތާ (ޕެކެޓުގައި ވާ ގޮތަށް މަޑުކޮށް ފުރާނާފައި)

ތައްޔާރުކުރާނެ ގޮތް

  1. ތައްޓަކަށް ޕާންކޮޅާއި ކިރު އެޅުމަށްފަހު 5 މިނެޓު ވަންދެން ފޯ ކުރާށެވެ. ދެން ފިޔާ، ބީފް، ބިސް، ބޭސިލް، ޗީޒް، ލޮނު، އަސޭމިރުސް އަދި ދެބައިކުޅަ އެއްބައި ޕާސްލީ އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އަދި މޮޑެވުނު މަސްގަނޑުން 1 އިންޗި ބޮޑުމިނަށް ގުޅަ ހަދާށެވެ.
  2. ޖެހި ގުޅަތައް ތަވައެއްގެ މަތީ ގަދަ ގިނީގައި ރޯފިލުވާށެވެ. ދޭތެރެއަކުން ފުށުން ޖަހާލަން ވާނެ އެވެ. މުށިކުލަ އަރާ ރޯފިލުމުން ޕާސްތާ ސޯސް އެޅުމަށްފަހު ކައްކާށެވެ. ބޮކިޖަހަން ފެށުމުން ގިނި މަޑުކޮށް އިތުރު 3-2 މިނެޓު ވަންދެން ކައްކާށެވެ.
  3. ބާކީ ހުރި ޕާސްލީ ފަތްކޮޅު މައްޗަށް ބުރުވާލުމަށްފަހު މަތިޖަހާއި އުނދުންމަތިން ބާލާށެވެ.

ކާން ބޭނުންކުރާ ޕާސްތާ އަޅާފައިވާ ތަށިތަކުގެ މައްޗަށް މީޓްބޯލްސް ސޯސް އެޅުމަށްފަހު އިންސާފު ކުރައްވާށެވެ. ރޯދަވީއްލަން ނުވަތަ ހާރުދަމަށް ވެސް ކަމުދާނެ އެވެ.